މާދަމާ ސަރުކާރުގެ އޮފީސްތައް ހުޅުވާލާނެ

ކޮވިޑް19 އާއި ގުޅިގެން ސަރުކާރުގެ އޮފީސްތައް ނިމުމަކަށް ގެނެސްފައި އޮތް އޮތުން މާދަމާއިން ފެށިގެން ނިމުމަކަށް އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް19 އާއި ގުޅިގެން ސަރުކާރުން އުފެއްދި އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތްތައް މާދަމާ ނިމުމަކަށް ގެންނަވާނެ ކަމަށާއި އަދި ސަރުކާރުގެ އޮފީސްތައް މާދަމާ ހުޅުވޭނެ ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ، ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ އާ އާއްމު ހާލަތުގެ ދަށުން ކަމަށާއި އޭގެ އިތުރުން، ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓްތައް ވެސް މާދަމާ ހުޅުވޭނެ ކަމަށެވެ.

ކޮވިޑް19 އާއި ދެކޮޅަށް ފްރަންޓް ލައިންގައި މަސައްކަތްކުރެއްވި އެންމެހާ ވޮލަންޓިއަރުންނާއި ސިއްހީ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވައެވެ.

Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
ގުޅުންހުރި ލިޔުންތައް
ކިޔުންތެރިންގެ ޚިޔާލުތައް